އުރީދޫގެ ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަން ގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައިފި އެވެ.
މިއީ އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ދާ ލިވް އަންލިމިޓެޑް ކެމްޕެއިންގެ ދަށުން ތައާރަފްކުރި، ޕްރޮމޯޝަނެކެވެ.
ފުރަތަމަ އުމްރާ ދަތުރުގެ ނަސީބުވެރިޔާއަކަށް އަހުމަދު ސައްދާމް ހޮވިފައިވާއިރު ކުރިއަށް އޮތް ތަނުގައި 18 އުމްރާ ދަތުރުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުސަތު އަދިވެސް އުރީދޫ ކަސްޓަމަރުންނަށް އެބަ އޮތެވެ.
ހަމަ އެޔާއެކު މި ޕްރޮމޯޝަން ގެ އެންމެ އަގުހުރި އިނާމު ކަމުގައިވާ ހައްޖު ދަތުރުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ވެސް އެބައޮތެވެ. ހައްޖު ދަތުރު ލިބޭ ފަރާތަށް ލިބެނީ 2 މީހުންގެ ހައްޖު ދަތުރެކެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ އެވެ. އަދި ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމްލަ 19 އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާއިރު މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ 2 މީހަކަށް ހައްޖު ދަތުރެކެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް، އުރީދޫ ކަސްޓަމަރެއް ނަމަ 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހޭނެއެވެ. އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން، ޚިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖު ކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރަން ޖެހޭނެއެވެ. އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވާން ޖެހޭނެއެވެ.
މި ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި، ޚިދުމަތް ދިނުމުގައި ކެނޑިނެޅު މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރާ ކެމްޕެއިނެއްކަމަށް އުރީދޫއިން ބުނެއެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://ore.do/liveunlimited އިން ލިބޭނެއެވެ.