Last Updated: May 2, 20:56
Friday, May 2, 2025
މުނިފޫހިފިލުވުން

'ލޯބިން' ކުޅެން ފަށައިފި

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)

ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓްކުރާ ފުރަތަމަ ލޯބީގެ ފިލްމު "ލޯބިން" ގެ ޝޫޓިން ފަށައިފި އެވެ.

ކާސްޓުން "ސިއްރުކޮށް" ފިލްމުގެ ޝޫޓިން ފެށީ އިއްުޔެ އެވެެ. "ލޯބިން" ގެ ޝޫޓިން ފެށި އިރު، މީގެ ރޯލުތަކެއް ކުޅޭ މީހުން ހޯދަން މިދިޔަ މަހުގެ ތެރޭގައި އިއްލެގެ އައި ފިލްމްސް އިން ކާސްޓިން ކޯލަކަށް ވެސް ހުޅުވައިލި އެވެ.

މި ފިލްމަކީ އިއްލެ ޑައިރެކްޓްކުރާ ފަސް ވަނަ ފީޗާ ފިލްމެވެ. "ބަވަތި" އާއި "ނީނާ" ގެ އިތުރުން "ފްލީ ޑެލިވަރީ" ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކި "ލޯބިން" ގައި ވެސް އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އިފްނާޒް ފިރާގުއާ ގުޅިގެން މިދިޔަ އަހަރު ގެނެސްދިން ބިރުވެރި ފިލްމު "ކަންބަޅި" އެވެ.

"ލޯބިން" އާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް އަދި ހާމަކޮށްފައި ނުވާ އިރު، ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް ވެސް އަދި ނޭނގެ އެވެ.