Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ދުނިޔެ އަށް ނަމޫނާއެއް

ތިމާވެއްޓާ ރައްޓެހިކޮށް ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެ އަށް ވެސް ނަމޫނާއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ "ދުނިޔޭގެ ކަނޑުމަހުގެ ދުވަހު" އާ ގުޅިގެން ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކާބަފަައި ޒަމާނުއްސުރެ ދިވެހި މަސްކަނޑުތަކުގައި ދިވެހީން މި ކުރާ ދޮށީގެ މަސްވެރިކަމަކީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.

"މަސްވެރިކަމުގެ ޞިނާޢަތް ނެގެހެއްޓުމަށް ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ހުރިހާ ޚިދުމަތްތެރީންނަށް ދުނިޔޭގެ ކަނޑު މަހުގެ ދުވަހުގެ ތަހުނިޔާ ދަންނަވަން." ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ދެވަނަ އިގުތިސާދުގެ ގޮތުގައި އޮތް މަސްވެރި ކަމަކީ ދިވެހިގެ ލެޔާ ވަރަށް ވަރަށް ބޮޑަށް ގުޅިފައިވާ ދިވެހިންގެ ލޭނާރުގެ ސިފަކުރަމުން އަންނަ ދާއިރާއެކެވެ. ދިވެހި މަސްވެރިކަމުގެ ހާއްސަ ކަމަކީ ތިމާވެއްޓާ ވަރަށް ރައްޓެހި މަސްވެރިކަމެއް ކުރަމުން އައުމެވެ.

އެގޮތުން އެންމެ އިހުގެ ގޮތަށް ދޮށީގެ މަސްވެރިކަމަކީ މިހާތަނަށް ވެސް ބަދަލެއް ނައިސް އޮތް، ދިވެހިންނާއި ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމެކެވެ.

މަސްވެރިކަމުގެ ދާއިރާ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ އިރު، މި ދާއިރާ ސިންދަފާތުކޮށް، މަސްވެރިކަމުގެ ނަފާ އިތުރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒަކެވެ.