Last Updated: May 2, 21:46
Friday, May 2, 2025
ޚަބަރު

މުލީ އެއާޕޯޓް ހުޅުވުން ފަސްކޮށްފި

މ. މުލީ އެއާޕޯޓް ހުޅުވުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ސަރުކާރުން ކުރިން ނިންމީ މިދިޔަ މަހުގެ 30 ނުވަތަ މެއި މަހުގެ 1 ގައި ރިސޯޓް ހުޅުވުމަށެވެ. އެގޮތުން އިއްޔެ އެއާޕޯޓް ހުޅުވަން ތައްޔާރީތައްވެފައި ވަނިކޮށް، އެކަން ކެންސަލްކުރިކަން ކައުންސިލަށް އިއްޔެ ރޭ ދަންވަރު އަންގާފައިވާ ކަމަށް މުލީ ކައުންސިލުން ބުންޏެވެ.

އެއާޕޯޓް ހުޅުވާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވެސް އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް އެއާޕޯޓް ހުޅުވާނެ އާ ތާރީހެއް މިހާރު ދީފައި ނެތުމުން އެކަން މުއްދަތެއް ނެތް ގޮތަށް ފަސްވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

މި ހަފުތާގައި މުލީ އެއާޕޯޓް ހުޅުވަން ރޭވި އިރު، އެ އެއާޕޯޓަށް މޯލްޑިވިއަނުން ޓެސްޓް ފްލައިޓް ބޭއްވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެވެ.

މުލީ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ދެހާސް އެކާވީހުގައި އަމަލީ މަސައްކަތް ފެށި އެ އެއާޕޯޓް ހެދީ 221 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.