Last Updated: May 3, 01:04
Saturday, May 3, 2025
ޚަބަރު

މުލީ އެއާޕޯޓް ހުޅުވުން ޝެޑިއުލް ދަތުރުއް ފަށާ ދުވަހު

މ. މުލީ އެއާޕޯޓް ރަސްމީކޮށް ހުޅުވާނީ ޝެޑިއުލް ދަތުރުތަކާ އެކު ކަމަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ބުނެފި އެވެ.

އެ ކުންްފުނިން ކުރިން ނިންމީ މިދިޔަ މަހުގެ 25 ގައި ޓެސްޓް ފްލައިޓް އާ އެއާޕޯޓް ހުުވުމުގެ ރަސްމިއްޔާތު އިއްޔެ ބޭއްވުމަށެވެ. ނަމަވެސް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ހަމަޖެހިފައިވާ ޝެޑިއުލް ދަތުރުތައް ފަށާ ދުވަހާ އެކު ބާއްވަން ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯސްޓް އިން ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ އެއާޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަ ދުވަހު ރާއްޖޭގެ އެއާލައިންތަކާ އެކު ބައްދަލުވުމެއް ބާއްވަނަ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮމާޝަލް ދަތުރުތައް ފަށަން 15-20 ވަރަކަށް ދުވަސް ނަގާނެ ކަމަށް ވިދާޅުވި އެވެ.

"އެއާޕޯޓްގެ މަސައްކަތްތައް ވަނީ ނިމިފައި. ވަރަށް ކުދިކުދި ކަންތައްތަކެއް މި ހުރީ. ކޮމާޝަލް ދަތުރު ފެށެނީ ސިވިލް އޭވިއޭޝަންގެ ލައިސަންސަށް ފަހު. އެއާޕޯޓް ހުޅުވާނީ ކޮމާޝަލް ދަތުރުތައް ފެށޭ ގޮތަށް،" އޭނަ ވިދާޅުވި އެވެ. "އާދިއްތަ ދުވަހު ފްލައިޓް އޮޕަރޭޓަރުންނާ އެކު ބައްދަލުކޮށްއިފަ ތާރީޚެއް ކަނޑައަޅާނީ."

މުލީ އެއާޕޯޓަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ދެހާސް އެކާވީހުގައި އަމަލީ މަސައްކަތް ފެށި އެ އެއާޕޯޓް ހެދީ 300 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެންނެވެ.