Last Updated: May 3, 20:18
Saturday, May 3, 2025
ރިޕޯޓް

ޢިއްފަތްތެރި ނަފުސު

ޢުމުރުން ދުވަސްވެފައިވާ އަންހެނަކު ރަށުގެ ބާޒާރުތަކުގެ ތެރެއިން ބާޒާރަކަށް ދިޔަ އެވެ. އެ އަންހެން މީހާ ބާޒާރަށް ދިޔައީ އޭނާގެ ގޭގަ ހިފައިގެންގުޅޭ ސާމާނުތައް ވިއްކައިލުމަށްޓަކަ އެވެ. މީސްތަކުން އެ އަންހެން މީހާގެ ކައިރިއަށް ގޮސް އެ ތަކެތި ބަލައި ފަރާތް ފަރާތަށް ފޮރޮޅައި ހަދަ އެވެ. ނަމަވެސް އެއިން އެކަކު ވެސް އެތަނުން އެއްޗެއް ގަންނަން ޚިޔާލެއް ނުކުރެ އެވެ. ކޮންމެ މީހަކު ވެސް ބިންމަތީގައި އަތުރާލެވިފައިވާ ތަކެއްޗަށް ނަޒަރެއް ހިންގައިލަނީއެވެ.

ވަގުތުތައް ފާއިތުވަންމުން ދެ އެވެ. އެއްވެސް މީހަކު އަންހެން މީހާގެ އަތުން އެއްޗެއް ގަންނާކަށް ނޫޅެ އެވެ. މިކަމުގެ ސަބަބުން އަންހެން މިހާ މާޔޫސީވި އެވެ. މީސްތަކުންގެ ސަމާލުކަން ހޯދުމުގެ ގޮތުން އަންހެން މީހާ ވަރަށް ބާރަށް ގޮވާލީ އެވެ. ޕައުންޑަކަށް އެއްޗެއް ގަނެ، އަދި އިތުރު އެއްޗެއް ހިލޭ ގެންދާށެވެ. މިހެން ބުނުމުން ވެސް އެއްވެސް މީހަކު އެތަނުން އެއްޗެއް ގަންނާކަށް ނުއުޅެއެވެ.

އެތައް އިރެއް ފާއިތުވެގެން ދިޔަރުވެސް އަންހެން މިހާ ވިއްކަން ބަހައްޓާފައި ހުރި ތަކެތީގެ ތެރެއިން އެއްޗެއް ވިއްކާލެވޭ ގޮތެއް ނުވިއެވެ. އަދި އެއަށް ފަހު ހިލޭ ދޭތި ގެންދިއުމަށް އަންހެން މީހާ އެދުނެވެ. ވަރަށް ގިނައިރު ވަންދެން އަންހެން މީހާ މި ހުށަހެޅުން ހުށަހެޅިއެވެ. ނަމަވެސްވީ ފައިދާއެއް ނެތެވެ. އަންހެން މީހާގެ އަތުން އެއްޗެއް ގަންނާނެ މީހަކު ނުވި އެވެ.
އަންހެން މީހާ އެކަމާ ހިތާމަކޮށް ރޯން ފެށި އެވެ. އަންހެން މީހާގެ ކުރިމަތިން ހިނގާފައި ދިޔަ މީހަކަށް އެމަންޒަރު ފެނުމުން، އަންހެން މީހާ އާއި މުޚާޠަބު ކޮށް ބުންޏެވެ. މަންމާ އެވެ! މަންމަ ރޮނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި އަންހެން މީހާ ބުންޏެވެ! އެއްވެސް ކަމެއް ނުވެ އެވެ!

އެ މީހާ ބުންޏެވެ! ނަމަވެސް މަންމަގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފެންނާން އެބަ ހުއްޓެވެ! ލޯ ތިހިރީ ކަރުނައިން ފުރިފަ އެވެ. ތިމަންނާ އަށް އެހީތެރިވުމުގެ ގޮތުން އެއްވެސް ކަމެއް ކުރެވިދާނެ ހެއްޔެވެ؟ ޖަވާބުގައި އަންހެން މީހާ ބުންޏެވެ. އެއްވެސް ކަމެއް ނުވެއޭ ބުނެފީމު ނޫން ހެއްޔެވެ!

އެމީހާ ބުންޏެވެ! އެންމެ ރަނގަޅެވެ. މި ތަކެތީގެ އަގަކީ ކޮބައި ހެއްޔެވެ؟ ޖަވާބުގައި އަންހެން މީހާ ބުންޏެވެ. ގަންނަ ކޮންމެ އެއްޗެއްގެ ބަދަލުގައި ދޭތި ހިލޭ ލިބޭނެ އެވެ. އަންހެން މީހާ ހިތާމަ ކުރާ ސަބަބުން އެމީހާއަށް ވިސްނުނެވެ. އެއްވެސް މީހެއްގެ ފަރާތުން އެހީތެރިކަމެއް އަންހެން މީހާ ބޭނުން ނުވާކަން އެ މީހާ އަށް އެނގުނެވެ. އެހެން ކަމުން ފުރުޞަތުގެ ބޭނުންހިގައި އަންހެން މީހާ އަށް ނޭނގޭ ގޮތަށް އޭނާ އަށް އެހީތެރިވާން އެމީހާ ބޭނުންވިއެވެ.

އަންހެން މީހާއާ މުޚާޠަބުކޮށް އެމީހާ ބުންނެވެ. ބާޒާރުގައި މިތަކެތީގެ އަގު ހުރީ ވަރަށް މަތިކޮށެވެ. އަދި ތަކެތީގެ ޙާލަތުވެސް ނުލާހިކު ރަނގަޅެވެ. ޙާލަތުގެ ނާޖާއިޒު ފައިދާ ނަގާކަށް ބޭނުމެން ނޫނެވެ. އެހެން ނަމަވެސް އަހަރެމެން ކޮންމެ އެއްޗެއްވެސް ބާޒާރުގެ އަގުން ގަނެފާނަމެވެ. އެގޮތާ އެއްބަސް ހެއްޔެވެ؟

އަންހެން މީހާ ބުންޏެވެ. ތިބާ ތިމަންނާއަށް މަލާމާތް ކުރަނީ ހެއްޔެވެ؟ ނުލާހިކު ބޮޑަށް އަގުހެޔޮ ކުރުމުން ވެސް އެތަކެތި ގަންނާނެ މީހަކު ނުވިއެވެ. ތިބާ ތިބުނަނީ ބަޒާރުގެ ފިހާރަތަކުގައި އެތަކެތި ވިއްކަން ބަހައްޓާފައި ހުރި އަގުގައި ތިބާ އެތަކެތި ގަނެފާނެކަމުގައެވެ. އެމިހާ ހިނިތުން ވެލުމަށްފަހު ބުންޏެވެ. މީސްތަކުންނާ ތިމަންނާ އާ ބެހޭ ކަމެއް ނޫނެވެ. އަހަރެން ގަންނަން ބޭނުންވަނީ އަހަރެންގެ މިޒާޖާއި އެއްގޮތަށެވެ.

އަންހެން މީހާ ޙަޤީޤަތުގައި ތިބާ ފިހާރަތަކުގައި މިތަކެތި ވިއްކަން ހުރި އަގުގައި މިތަކެތި ގަންނަން ބޭނުންވާ ކަމުގައިވާނަމަ، ތިބާ ބޭނުންވާ ގޮތަށެވެ. އަންހެން މީހާ ބުންޏެވެ. ތިބާ ބޭނުންވަނީ ކިތައް އެތި ހެއްޔެވެ. އެމީހާ ޖަވާބުގައި ބުންޏެވެ. ތިމަން ބޭނުންވަނީ ހުރިހާ އެއްޗެއް ގަންނާށެވެ. ކޮންމެ އެއްޗެއްގެ ވެސް އަގަކީ ބާރަ ހާސް ޕައުންޑެވެ. އޭނާ އަންހެން މީހާއާ މުޚާޠަބުކޮށް ބުންޏެވެ. ޙިސާބު ކުރަން އެނގޭ ހެއްޔެވެ؟ ޖަވާބުގައި އަންހެން މީހާ ބުންޏެވެ. ނޭނގެއެވެ! އެމީހާ ބުންޏެވެ. މި ފޯނުގެ ސްކްރީނަށް ބަލާށެވެ. ހުރިހާ އެއްޗެއް އެއްކޮށްލުމުން ޖުމްލައަކީ އެކާވީސް ހާސް ޕައުންޑެވެ.

އަންހެން މީހާ ވަރަށް ބޮޑަށް އުފާވިއެވެ. އުފަލުން ގޮސް ސިކުނޑި އުދުހިގެން ދިޔަ ކަހަލައެވެ. ރޮމުން އަންހެން މިހާ ބުންޏެވެ. ދަރިފުޅާ އެވެ! ތިބާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. ތިމަންގެ ގޭގެ ސާމާނު މި ވިއްކަނީ ބަނޑުފުރާނަ މުއްތި ކުރުމަށްޓަކަ އެވެ. މާތް ﷲ ދަރިފުޅަށް އެތައް ހާސް ހެޔޮޖަޒާއެއް ދެއްވާށި އެވެ.

އޭނަ ބުންޏެވެ. އެއީ އެއްވެސް ކަމެއް ނޫނެވެ. އަހަރެމެންގެ ވެރިރަސްކަލާނގެ އަކީ ދީލަތިވަންތަ ރަސްކަލާނގެ އެވެ. މިތަކެތި ހިފައިން ގެޔަށް އެނބުރި ދާށެވެ. އަންހެން މީހާ ބުންޏެވެ. ތިބާގެ އަތުން އެއްވެސް ޞަދަޤާތެއް ތިމަން ޤަބޫލެއް ނުކުރާނަމެވެ. އަންހެން މިހާގެ ސަމާނު ރައްދު ކުރާނެ ގޮތާ މެދު ކުޑަ އިރުކޮޅަކު ވިސްނަން ހުރުމަށް ފަހު އޭނާ ބުންޏެވެ.

އަންހެން މީހާއާ މުޚާޠަބުކޮށް އޭނާ ބުންޏެވެ. މަންމަ އަށް ކިޔަން އެނގޭ ހެއްޔެވެ؟ އަންހެން މީހާ ބުންޏެވެ. ނޫނެކެވެ. އެމީހާ ބުންޏެވެ. އެންމެ ރަނގަޅެވެ. މި ވަގުތު އަހަރެން ތާކަށްދާން އެބަ ޖެހެ އެވެ. އެއީ ކޮންމެހެން ވެސް ދާން ޖެހޭ ތަނެކެވެ. ގަނޑުކޮޅެއްގައި އަހަރެންގެ އެޑްރެސް ލިޔެދޭނަމެވެ. އަހަރެން އައުން ލަސްވެއްޖެ ނަމަ މީހަކު ލައްވާ މި އެޑްރެސް އޮޅުން ފިލުވުމަށް ފަހު އެތަކެތި އެ އެޑްރެހަށް ފޮނުވާލަ ދޭށެވެ! އެންމެ ފަހުން އަންހެން މީހާ އެކަމާ އެއްބަސްވި އެވެ. އެ މީހާ އެޑްރެސް

ލިޔުމަށް ފަހު އަންހެން މީހާއާ ޙަވާލު ކުރުމަށް ދިޔަ އެވެ.

އަންހެން މީހާ ވަރަށް ގިނަ އިރު އެމީހާ އާދޭތޯ އިންތިޒާރުކުރި އެވެ. އެމީހާ ނައުމުން މީހަކު ލައްވައި އެ ގަނޑުކޮޅުގައިވާ އެއްޗެއް ކިޔުއްވި އެވެ. އެ ގަނޑުކޮޅުގައި ލިޔެފައި އޮތީ، މި ހުރިހާ އެއްޗެއް ހިފައިގައިން ގެޔަށްދާށެވެ. އަހަރެން އަލުން އެނބުރި ނާންނާނަމެވެ. އަންހެން މީހާގެ ލޮލުން ކަރުނަ ފޭދިގެން ދިޔަ އެވެ. އަދި އެ މީހާ އަށް ހެޔޮދުޢާކޮށް ތައުފީޤު ދެއްވުން އެދި ދެންނެވި އެވެ.

ނޯޓް: މިއީ ޝައިހް މޫސާ އަންވަރުގެ ހަސަންގެ ލިޔުމެކެވެ.