Last Updated: July 15, 18:12
Tuesday, July 15, 2025
ޚަބަރު

މިނިވަން ނޫސްވެރިކަމުގައި ދެ ދަރަޖައިގެ ކުރިއެރުމެއް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައ ރާއްޖެ އަށް ދެ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިންފެ ދުވަހާ ގުޅުވައިގެން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އާންމުކުރި މި އަހަރުގެ އިންޑެކްސްގައި އިންޑެކްސްގައި ރާއްޖެ އޮތީ 104 ވަނައިގަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ 106 ވަނައިގަ އެވެ.

އެ ޖަމާއަތުން ގިންތިކޮށްފައިވާ ގޮތަށް ބަލާ އިރު، ރާއްޖެ އޮތީ މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން ހުރަސްތަކެއް ހުރި ގައުމުތަކުގެ ތެރޭގަ އެވެ.

ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ އަށް ކުރިއެރުންތަކެއް ލިބުނު ނަމަވެސް ނޫސްވެރިކަން ކުރުމުގައި ގިނަ ގޮންޖެހުންތަކައި ދަތިތައް ހުރިކަން ރާއްޖޭގެ މިހާރުގެ ނޫސްވެރިން ފާހަގަކުރެ އެވެ. ނޫސްވެރިކަން ކުރުމަށް ފަހި މާހައުލެއް ގާއިމުކޮށް ދނެ ކަމަށް ސަތުކާރުން ތަކުރާރުކޮށް ބުނަމުން އައި ނަމަވެސް މި ސަރުކާރު އައި ފަހުން ވެސް ނޫސްވެރިންނަށް އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެެވެ.

އޭގެ ތެރޭގައި މައުލޫމާތު ހޯދައި ލިބުގަތުމުގައި ހުރި ދަތިތައް ބޮޑެވެ.

ނޫސްވެރިކަމުގެ ދުވަސް ފާހަގަކުރާ އިރު، ގިނަ ދުވަސްތަކެއް ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއީ ހެނދުނު 10:00 ގަ އެވެ.