Last Updated: May 3, 23:49
Saturday, May 3, 2025
ޚަބަރު

ޒުވާނުންގެ މުޒާހަރާ ސިޔާސީވެއްޖެ، ތާއީދެއް ނެތް

މާލޭގައި ޒުވާނުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާތަކަށް ކުރިން ކުރެއްވި ދާއީދު އަނބުރާ ގެންގޮސްފައިވާ ކަމަށް މަޖިލީހުގެ އައްޑޫ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ،

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ރޭ ވިދާޅުވީ އުސް އިމާރާތެއްގެ މަތިން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާ އަށް އިންސާފު ހޯދަން ގޮވާލައި ޒުވާނުން ފެށި މުޒާހަރާގެ މިސްރާބު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އެ މުޒާހަރާތަކަކީ ގައުމާއި ރައްޔިތުންގެ ކަންކަން ކަންކަން އިސްލާހު ކުރުމަށް ގޮވައިލަމުން އަންނަ މުޒާހަރާތަކެއް ކަމަށް މިހާރު ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މިހާރު އެ މުޒާހަރާތަކަކީ މިހާރު ސިޔާސީ ޕާޓީތަކެއް ފަހަތިގައި ތިބެ، ސިޔާސީ އެޖެންޑާއެެއްގެ ދަށުން ހިންގާ ސިޔާސީ ހަރަކާތަކަށް ބަދަލުވެފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ޒުވާނުންގެ މުޒާހަރާ އަށް ތާއީދު ކުރައްވައި އޭނަ މިދިޔަ މަހުގެ 24 ގައި ކުރެއްވި ޕޯސްޓެއްގައި ޒުވާނުންގެ އެ ހަރަކާތަކަށް ތާއީދު ކުރައްވައި ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގު ދެފުަށް ފެންނަ ގޮތަށް އިންސާފުވެރިކަމާ އެކު ތަގުގީގު، ކުށްވެރި ފަރާތްތަކަށް ހައްގު އަދަބު ދޭން ފުލުހުންނަށް ގޮވާލައްވާފައިވެ އެވެ.

ޒުވާނުން ކުރިއަށް ގެންދާ މުޒާހަރާއި އެމްޑީޕީ އާއި ދަ ޑިމޮކްރެޓިން ބައިވެރިވާން މިހާރު އޮތީ ނިންމައިފަ އެވެ.