ޕެންޝަނަށް ދޫކުރާ ފައިސާ އުނިކޮށް އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަތަކެއް ފެންމަތި ވެ، ސަރުކާރުގެ އިސްވެރިންތަކެއްގެ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން އެ ގައުމުގެ ސޯޝަލް ސެކިއުރިޓީ މިނިސްޓަރު ކާލޯސް ލޫޕީ އިސްތިއުފާ ދެއްވައިފި އެވެ.
އޭނަ ވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއްގައި ބައިވެރިވަޑަގެންފައ ނުވާނެ ކަމަށާއި ފެންމަތިވި މައްސަލައާ ގުޅިގެން އޭނަގެ މައްޗަށް މިހާތަނަށް އެއްވެސް ތުހުމަތެއްވެސް ކުރެވިފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް، އެކަމުގައި ޝާމިލުވާ އެންމެންނަށް ހައްގު އަދަބު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ކާލޯސް ވިދާޅުވި އެވެ.
ފުލުހުން ބުނެފައި ވަނީ ނެޝަނަލް ސެކިއުރިޓީ އިންސްޓިޓިއުޓް (އައިއެންއެސްއެސް) އިން ޕެންޝަނުން 1.1 ބިލިއަން ޑޮލަރު އުނިކޮށް، އެ ފައިސާ ސަރުކާރުގެ އިސް އޮފިޝަލުންތަކެއް އެ ފައިސާ އިން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ މައްސަ،ލަ ފުލުހުން ފެންމަތިކުރީ މީގެ 9 ދުވަސް ކުރިންނެވެ. އެއާ ގުޅިގެން ފުލުހުން ވަނީ "އޮޕަރޭޝަން ނޯ ޑިސްކައުންޓް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަމެއް ވެސް ފަށައިފަ އެވެ
އެގޮތުން ފެންޝަން ފައިސާ އިން ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތު ކުރެވޭ 700 މީހަކާ ދެކޮޅަށް ނޯޓިސް ނެރެ، 211 ފަރާތެއް ބަލައި ފާސްކުރުުމުގެ މަސައްކަތް ކޯޓް އަމުރުގެ ދަށުން އަންނަނީ ކުރަމުންބެވެ. އެގޮތުން މިހާތަނަށް 177 މިލިއަން ޑޮލަރުގެ ތަކެތި އަތުލައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަގުބޮޑު ކާރުތަކާއި ގަހަނާ އާއި ނަގުދު ފައިސާގެ ގޮތުގައި ހޯދާފައިވާ 200،000 އަށް ވުރެ ގިނަ ޑޮލަރު ހިމެނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޕެންޝަނުން އުނިކުރި ފައިސާ އިން ވެރިންތަކެއް އެކިއެކި ޔުނިއަންތަކާއި އެސޯސިޭޝަންތަކާ އެކު ނަގަމަ މުއާމަލާތްތަކެއް ހިންގާފައިވެ އެވެ.
ކޮރަޕްްޝަންގެ މި ބޮޑު މައްސަލައާ ގުޅިގެން ސޯޝަލް ސެކިއުރިޠީ މިނިސްޓަރު އިސްތިއުފާ ދެއްވި އިރު، މިއީ ރައީސް ލޫލާ ޑި ސިލްވާގެ ސަރުކާރުން އިސްތިއުފާ ދެއްވި ދެވަނަ މިނިސްޓަރެވެ. ދެހާސް ބާވީހުގެ ތެރޭގައި ރިޝްވަތު ނެގިކަމުގެ ތުހުމަތުތަކުތަކާ ގުޅިގެން ދައުވާ ކުރުމުން މިދިޔަ މަހުގެ ކުރީކޮޅު ކޮމިއުނިކޭޝަން މިނިސްޓަރު ޖުލެސީނޯ ފިލްހޯ ވެސް އިސްތިއުފާ ދެއްވާފައިވެ އެވެ.