އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ އެކްޝަން ތުރިލާ "ސްޕީޑް" ގެ ތަރިން ކަމަށްވާ ކިއާނޫ ރީވްސް އާއި ސަންޑްރާ ބްލޮކް ލޯބީގެ ފިލްމަކަށް ތައްޔާރުވާން ފަށައިފ އެވެ
ވެރައިޓީން ބުނި ގޮތުގައި އަދި ނަން ހާމަނުކުރާ މި ފިލްމަކީ "ޖެކީ" އާއި "ޒީރޯ ޑޭ" ފަދަ ފިލްމުތައް ލިޔުނު ސްކްރީންރައިޓަރު ނޯއާ އޯޕަންހީމާގެ ސްކްރީންޕްލޭއަކަށް އެމެޒޯމް އެމްޖީއެމް ސްޓޫޑިއޯސް އިން ހަދަން ނިންމާފައިވާ ފިލްމެކެވެ. އެ ނޫހުން ބުނި ގޮތުގައި ރީވްސް އާއި ސަންޑްރާގެ ލޯބީގެ ފިލްމަކީ ދެ ތަރިން ޕްރޮޑިއުސަރުންގެ ގޮތުގައި ވެސް ހިއްސާވެގެން ހަދަން ހަމަޖެހިފައިވާ ފިލްމެކެވެ.
ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި ނުނިންމަ އެވެ.
ރީވްސް އާއި ސަންޑްރާގެ "ސްޕީޑް" އަކީ 1994 ގައި ރިލީޒްކުރި ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމަށް ފަހު، ދެ ތަރިން 2006 ގެ "ދަ ލޭކް ހައުސް" ގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.
މަޝްހޫރު "މެޓްރިކްސް'" ފްރެންޗައިޒްގެ ތަރި، ރީވްސް، 60، ގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ޖޯން ވިކް: ޗެޕްޓާ 4" އެވެ. ސަންޑްރާ، 60، 2022 ގެ "ބްލެޓް ޓްރެއިން" އެވެ.