ކުރީގެ ސަރުކާރުން ބޭރު ގައުމުތަކާ އެކި ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މިހާރު ވިދާޅުވުމަކީ ވެރިކަމަށް ވަޑައިގަންނަން ހެއްދެވި ދޮގުކަން މިއަދު ސާބިތުވެއްޖެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައީސް މިއަދު ބޭއްވި ނޫސް ކޮންފެރެންސްގައި އެއްބަސްވުންތަކާ ގުޅޭ ގޮތުން ވިދާޅުވީ އެއްބަސްވުންތަކުގައި ކަންބޮޑުވުންތަކެއް ނ ނެތް ކަމަށެވެ.
އެކަމާ ގުޅިގެން ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު މިއަދު ދިވެހި ރައްޔިތުންނަށް އަކުރުން އަކުރަށް، ފިލިން ފިއްޔަށް އެ ޔަޤީން ކަށަވަރުކޮށް ދެއްވީ އެމްޑީޕީ ސަރުކާރުން ހެދި ގައުމުތަކާ އެކު ހެދި އެއްބަސްވުންތަކުގެ ހަގީގަތް ކަމަށެވެ.
"އަވަށްޓެރި ބޭރު ޤައުމުތަކާ ވަކިން ޚާއްސަކޮށް އިންޑިއާއާ އެކުވެފައިވާ އެއްވެސް އެއްބަސްވުމެއްގައި ދިވެހި ދައުލަތާ ދިވެހި ރައްޔިތުންނަށް ގެއްލުން ވާނެ އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެ މަނިކުފާނާއި އެމަނިކުފާނުގެ ޕާޓީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަން ހޯދުމަށްޓަކައި މުތުލަޤަށް ހެއްދެވީ ދޮގުކަން." އޭނަ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އަބަދުވެސް އެމްޑީޕީ ސާބިތުވެ އޮންނާނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް އިޚުލާޞްތެރި ޚާދިމެއްގެ ގޮތުގައި ކަމަށެވެ.