Last Updated: May 4, 09:53
Sunday, May 4, 2025
ކުޅިވަރު

ބާސާއިން 7 ޕޮއިންޓުގެ ލީޑެއް ނަގައިފި

ސްޕެނިޝް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް 2-1 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު އެއްވަނައިގައި ބާސާ އޮތީ 34 މެޗުން 79 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި 33 މެޗުން 72 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 34 މެޗުން 67 ޕޮއިންޓު ހޯދައިގެން އޮތީ އެތުލެޓިކޯ މެޑްރިޑެވެ.

ވަޔަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗަށް ބާސާއިން ނެރުނު ފުރަތަމަ އެގާރައަށް ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައިވާއިރު، މި މެޗުގެ ހަވަނަ މިނެޓްގައި އިވާން ސަންޗޭޒް ވަނީ ވަޔަޑޮލިޑް ވަނީ ލީޑު ނަގައިފަ އެވެ.

ދެވަނަ ހާފުގައި ބާސާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އާންމުކޮށް ކުޅޭ ބައެއް ކުޅުންތެރިން ކުޅެން އެރިއިރު، މެޗުގެ 54 ވަނަ މިނެޓްގައި ރަފީނިއާ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ ލީގުގައި ރަފީނިއާ ކާމިޔާބުކުރި 16 ވަނަ ގޯލެވެ. އަދި އޭގެ ހަ މިނެޓް ފަހުން ފާމިން ލޮޕޭޒް ވަނީ ބާސާއަށް ލީޑު ނަގައިދީފަ އެވެ.

ބާސާއިން ލީގުގައި އެންމެފަހުން ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗުން ވަނީ މޮޅުވެފަ އެވެ.