Last Updated: May 4, 11:56
Sunday, May 4, 2025
ޚަބަރު

ހޭންޑްބޯލް ރެފްރީ ކޯސް އައްޑޫގައި ފަށައިފި

ހޭންޑްބޯލް ރެފްރީން ތަމްރީން ކުރުމުގެ ކޯހެއްގައި ފަށައިފި އެވެ.

މިއީ ސްޕޯޓްސް މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ހިންގަމުން އަންނަ، މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް އާއި، އައްޑޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި މަހުގެ 9 އާ ހަމައަށް ކުރިއަށް ގެންދާ ހޭންޑްބޯލް ރެފްރީސް ކޯހުގައި 18 މީހަކު ބައިވެރިވެ އެވެ. ހިތަދޫގައި ކުރިއަށް ގެންދާ ކޯހުގެ އިންސްޓްރަކްޓަރަކީ ދާއިރާގެ ތަޖުރިބާކާރު ރެފްރީއެއް ކަމަށްވާ ޝާމިން އިބްރާހީމެވެ.

ކޯހުގައި ހޭންޑްބޯލް ރެފްރީންގެ އަސާސީ މިންގަނޑުތަކާއި، އުސޫލުތަކާއި ރިވެތި އަހުލާގު ދެމެހެއްޓުމަށް ބައިވެރިން ތަމްރީނު ކުރެވިގެން ދާނެ އެވެ.

އެމްއެންއައިއެސް އިން ބުނީ މި ކޯހުން ތަމްރީންވާ ކޯޗުންވެގެން ދާނީ، ސިޓީގައި ހޭންޑްބޯލް ކުޅޭ އައު ކުޅުންތެރިން ބިނާކުރާނެ ބަޔަކަށް ކަމަށެވެ. އަދި ހޭންޑްބޯލް ކުޅުންތެރިން އިތުރު ހަރުފަތަކަށް ދިއުމަށް މަގުފަހި ވާނެ ފުރުސަތަކަށް ކަމަށެވެ.