"ގަވަރުނާ" ކިޔާ ޕޮލިޓިކަލް ތުރިލާއަކަށް އިންޑިއާގެ އެކްޓަރު މަނޯޖް ބަޖްޕާއީ ސޮއިކޮށްފި އެވެ.
ޕީޕިންމޫން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރޮޑިއުސަރު ވިޕުލް ޝާހްގެ ސަންޝައިން ޕިކްޗާސް އިން ހަދަން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ ޗިންމޭ މަންޑެލްކަރެވެ.
މިހާތަނަށް އަދި އިތުރު ތަފުސީލުތަކެއް ހާމަނުކުރާ "ގަވަރުނާ" ގެ ޝޫޓިން ހަމަޖެހިފައި ވަނީ މި އަހަރުގެ މެދުތެރޭގަ އެވެ. ނެޝަނަލް އެވޯޑް ހޯދާފައިވާ އެކްޓަރު މަނޯޖް، 56، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޒީ5 އިން ގެނެސްދިން ކްރައިމް ޑްރާމާ "ޑިސްޕެޗް" އެވެ.
އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސަތިއާ"، "ޝޫލް"، "ޒިބެއިދާ"، "ޕިންޖަރު"، "ރާޖްނީތީ" އަދި "ގުލްމޯހަރް" އެވެ.
މަނޯޖްގެ އާ ފިލްމު "ގަވަރުނާ" ގެ ޕްރޮޑިއުސަރު ވިޕުލް އަކީ ވަރަށް ކާމިޔާބު ފިލްމުތައް ކަމަށްވާ "ނަމަސްތޭ ލަންޑަން" އާއި "ވަގުތު: ރޭސް އެގެއިންސްޓް ޓައިމް" އަދި "އާނކޭ" ފަދަ ފިލްމުތަކުގެ ޑައިރެކްޓަރެވެ.