Last Updated: May 5, 06:39
Monday, May 5, 2025
ޚަބަރު

ސޯޝަލް އަށް ޕީއެސްއެއް ހޯދަން އަލުން އިއުލާންކޮށްފި

ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމު.

ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ އަށް ޕާމަނަންޓް ސެކްރެޓަރީއަކު ހޯދަން އަލުން އިއުލާންކޮށްފި އެވެ.

ސިވިލް ސާވިސް ކޮމިޝަން ސީއެސްސީ) އިން ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 22 ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ސޯޝަލް މިނިސްޓްރީ އަށް ޕީއެސްްއެެއް ހޯދަން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ވެސް ހުޅުވައިލި އެވެ. އޭރު އެޕްލައި ކުރަން ދިން މުއްދަތު ހަމަވީ މާޗް 13 އަށެވެ.

ޕީއެސްގެ މުސާރަ އަކީ މަހަކު 20،500.00ރ. އެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000.00ރ. ލިބޭނެ އެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާ އެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހައަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ދަށްވެގެން ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު؛ ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާޢަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަތަރު އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.