Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

ބާރު ސްޕީޑްގައި ދުއްވި މީހަކު ހައްޔަރުކޮށްފި

މަސްތުގެ ހާލަތުގައި ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ކާރު ދުއްވި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހމ. ފްލެޓް ނަންބަރު 4-1-07، މުހައްމަދު މާއިސް، 23، ކަމަށެވެ.

ފުލުހުން ބުނީ ބާރު އޭނަ ބާރު ސްޕީޑްގައި ދުއްވި ކާރު ހުއްޓަން ޕެޓްރޯލް ކުރަން އުޅުނު ފުލުހުން އެންގި ނަމަވެސް އެ އަމުރަށް ވެސް ތަބާވެފައި ނުވާ ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ކާރު ދަނިކޮށް. މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށް ވެސް އަދި ގޯޅި އެޅި އިރު ވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދުއްވާފައިވާ ކަމަށެވެ. އަދި މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައި ވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށް ކަމަށާއި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މާއިސް ކާރު ޓޯކޮށް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.