އެސްޓީއޯގެ 'ފިނިފިިނި ހިޓާޗީ' ޕްރޮމޯޝަން ފަށައިފި އެވެ.
މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެސްޓީއޯގެ ސަބްސިޑަރީއެެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން އެވެ.
"ފިނިފިނި ހިޓާޗީ" ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 30 އާ ހަމައަށެވެ. ޕްރޮމޯޝަނުގައި ހިޓާޗީ ބްރޭންޑްގެ އޭސީތަކުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މީގެ އިތުރުން 1،000ރ. ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ހާއްސަ ކޫޕަނެއް ލިބޭނެ އެވެ.
އެސްޓީއޯ އިން ބުނީ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 30,000ރ. ރުފިޔާގެ ހޯމް އެޕްލައިންސް ސާމާނުގެ ޕެކޭޖެއް ލިބޭެ ކަމަށެވެ.
އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އޭސީތަކަކީ 'ހަކަތަރި' އެނަޖީ ލޭބަލް ލިބިފައިވާ، ތިމާވެށްޓާ ރައްޓެހި އަދި ކަރަންޓު ހަރަދު ކުޑަ އުފެއްދުންތަކެކެވެ.