Last Updated: May 4, 17:57
Sunday, May 4, 2025
ޚަބަރު

ފުވައްމުލަކުގައި 100 ގަސް އިންދައިފި

ސްޕޯޓްސް މިނިސްޓްރީން ފުވައްމުލަކުގައި 100 ގަސް އިންދައިފި އެވެ.

މިއީ ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިނިސްޓްރީ އާއި ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން އިންދި ގަސްތަކެވެ.

އެ ހަރަކާތުގައި މިނިސްޓަރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން މިނިސްޓްރީގެ އިސް އެހެންވެރިންނާއި ފުވައްމުލައް ކައުންސިލްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން 5 ގައި ފެށި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ދަށުން މިހާތަނަށް ރާއްޖޭގެ ހިސާބުތަކުގައި ގިނަ އަދަދެއްގެ ގަހާއި ރުއް އިންދާފައިވެ އެވެ.

މި ޕްރޮގްރާމް ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ އިތުރުން ރިސޯޓްތަކާއި ސިނާޢީ މަސައްކަތްކުރާ ރަށްތަކުގައި ވެސް އަންނަނީ ހިންގަމުންނެވެ.