Last Updated: May 4, 17:57
Sunday, May 4, 2025
ޚަބަރު

ފޭދޫ "އެންމެންގެ މައިޒާން" ހުޅުވައިފި

އައްޑޫ ފޭދޫގައި ހެދި "އެންމެންގެ މައިޒާން" މިއަދު ހުޅުވައިފި އެވެ.

އެތަން ހުޅުއްވައި ދެއްވީ މޭޔަރު އަލީ ނިޒާރެވެ.

އެ ރަސްމިއްޔާތުގައި އައްޑޫގެ ބައެއް ކައުންސިލަރުން ވެސް ބައިވެރިވަޑައިގަތެވެ. އޭގެ ތެރޭގައި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ އާއި ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލް ހިމެނެ އެވެ.

"އެންމެންގެ މައިޒާން" ހަދާފައި ވަނީ ފޭދު އާއި މަރަދޫފޭދޫ ގުޅޭ ދިމާލު ހިސާބުން ފޭދޫގެ ކޮޅުގައި އޮތް ހުސްތަންކޮޅުގަ އެވެ. އެތަން ހަދާފައި ވަނީ ޒިޔާރަތްކުރާ މީހުން ހިތްފަސޭހަކޮށްލަން މަޑުކޮށްލެވޭ ގޮތަށެވެ. އެގޮތުން މައިޒާނަށް ވެލި ލައި ބެންޗް ބަހައްޓައި އުނދޯއްޔެއް ވެސް އެކުލަވާފައިވެ އެވެ.

އެ މައިޒާން ހެދީ އަމިއްލަ ފަރާތަކާ ހަވާލުކޮށްގެންނެވެ.