ރާއްޖެ އިން ފެންނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަބަދު ވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ ނަޝީދު މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އަށް ދިމާވެފައި އޮތީ ވަކި ވެރިއެއްގެ މައްސަލައެެއް ނޫން ކަމަށާއި މައްސަލަ އަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
"ޕާލިމަންޓަރީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި ޕްރެރެނަޝަލް [ގިނަ ވޯޓް ދެވޭ] ވޯޓިން އަށް ބަދަލުވެއްޖެ ނަމަ އެތައް ކަމެއް އިސްލާހު ވާނެ ކަމަށް ދެކެން." މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އަބަދު ވެސް ބަރުލަމާނީ ނިޒާމަކަށް ވަކާލާތު ކުރައްވަމުން ގެންދަވާ އިރު، ރާއްޖޭގައި ރަސްކަން އުވުނު ފަހުން، ވެރިކަން ކުރަމުން އަންނަނީ ރިޔާސީ ނިޒާމަށެވެ. ނަމަވެސް މި ނިޒާމުގެ ދޯހަޅި ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަރަށް ބޮޑަށް ވަކާލާތު ކުރެއްވި ނަމަވެސް ރާއްޖެ އަށް އެންމެ ރަނގަޅު އަދި ފައިދާ ހުރި ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ސިޔާސީ ދާއިރާގައި އުޅުއްވާ ގިނަ ބަޔަކު ދެކެ އެވެ.
ޕްރެފެރެންޝަން ވޯޓާ އެއްގޮޮތަށް ރިޔާސީ އިންތިހާބު އެއްބުރުން ނިންމާ ގޮތަށް މިހާރުގެ ރައީސް ޑރ. މުހައްމަދު ވަކާލަތު ކުރައްވަމުން ގެންދަވާތީ އެކަމަށް ތާއީދު ކުރައްވާ ކަމަށް ދާދި ފަހުން ނަޝީދު ވިދާޅުވެފައިވެ އެވެ.