Last Updated: May 6, 09:56
Tuesday, May 6, 2025
ޚަބަރު

މީޑިއާ ގްރާންޓަށް 27.98 މިލިއަން ރުފިޔާ

މީޑިއާ ގްރާންޓަށް 27.98 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބަސްދަލުވުމުގައި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް މީޑިއާތަކަށް ހުޅުވައިލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ރައީސް އޮފީހުގެ ކުރިމަތީގައި "މީޑިއާ ފެންޑާ" ގެ ނަމުގައި ހާއްސަ ޖާގައެއް ގާއިމްކޮށްފައިވާ ކަމަށާއި، ނޫސްވެރިންނަށް އެ ޖާގަ 24 ގަޑިއިރު ބޭނުން ވެސް ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އެގޮތުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގައި ހިންގާ މީޑިއާއާ ގުޅުންހުރި ޕްރޮގްރާމްތަކުގެ ހަރަދުގެ 50 ޕަސެންޓް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.

އަދި މިއީ ރާއްޖޭގެ މީޑިއާ ދާއިރާ ކުރިއެރުވުމަށާއި، ނޫސްވެރިންނަށް އިތުރު ފުރުސަތުތައް ހޯދައި ދިނުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.