އިންޑިއާގައި ބޭއްވި "ބެޓްލް އޮފަ ބޭންޑްސް އިންޓަނޭޝަނަލް" ގައި ވާދަކުރި ރާއްޖޭގެ ބޭންޑް "2 އޮފް އަސް" އަށް ތިން ވަނަ ލިބިއްޖެ އެވެ.
އެއީ ފަސް މެމްބަރުން ހިމެނޭ ބޭންޑެެކެވެ. އޭގެ ތެރޭގައި ހިމެނެނީ ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓެއްގެ ގޮތުގައި އަހުމަދު އަދުހަމާއި ޑްރަމަރު އަބްދުﷲ ޝަމްރޫހާއި ވޯކަލިސްޓް އަދި ގިޓަރިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީނުގެ އިތުރުން ލީޑް ގިޓަރިސްޓް އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) ގެ އިތުރުން ވޯކަލިސްް އަދި ބަސިސްޓް އަހުމަދު ޖަޝީމެވެ.
"ބެޓްލް އޮފަ ބޭންޑްސް އިންޓަނޭޝަނަލް" ގެ ތިން ވަނަ "2 އޮފް އަސް" ހޯދި އިރު، ވަރަށް ވާދަވެރި މި މުބާރާތުގައި ބޭންޑުން ޖަޖުންނާއި ބެލުންތެރިންގެ ތައުރީފު އޮހުނު ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައިވެ އެވެ. ހާއްސަކޮށް ބޭންޑުން ހުށަހެޅި ދިވެހިވަންތަ ލަވަތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
މާޗް މަހުގެ 1 އިން ރެއާ ހަމައަށް ބޭއްވި "ބެޓްލް އޮފަ ބޭންޑްސް އިންޓަނޭޝަނަލް" އަކީ އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީން އިންތިޒާމުކޮށްގެން ދޫރުދަރުޝަން ގެނެސްދިން މުބާރާތެކެވެ. މުބާރާތުގައި ރާއްޖެއާ އެކު ޖުމްލަ 12 ގައުމެއް ވާދަކުރި އެވެ.
"ބެޓްލް އޮފަ ބޭންޑްސް އިންޓަނޭޝަނަލް" ގެ އެއް ވަނަ އަކީ މޮރިޝަސްގެ "އެބަނެޒް" އަދި ދެވަނަ އަކީ ސްރީ ލަންކާގެ "ނައިޓްސް" އެވެ.