Last Updated: May 8, 14:02
Thursday, May 8, 2025
ޚަބަރު

އެމްއައިއެފްސީ ގާއިމު ކުރާތީ ގާސިމް މަރުހަބާ ވިދާޅުވެއްޖެ

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝަލްސް ސެންޓަރު (އެމްއައިއެފްސީ) ޤާއިމުކުރަން ނިންމުމާ ގުޅިގެން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާވެރިޔާ މަހުޖަނު ގާސިމު އިބްރާހީމް މަރުހަބާ ވިދާޅުވެ މިއީ ވަރަށް އުންމީދީ ކަމެއްގެ ގޮތިިގައި ސިފަކުރައްވައިިފި އެވެ.

ރާއްޖެ އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓް ގުޅިގެން (އެމްއައިއެފްސީ) ގާއިމުރަން ނިންމައި އެއްބަސްވުމުގައި ސޮއިކުރީ ރެ އެވެ.

މިކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެމްއައިއެފްސީ އަކީ ރާއްޖޭގެ އިގުތިސާދު ބަދަލުކޮށްލާނެ ކަމެއ2ް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިފަދަ ކަމަކަށް ރާއްޖެ އޮތީ ވަރަށް ބޭނުން ވެސް ވެފައި ކަމަށެވެ.

"އެހެންވީމަ މިކަން ހަގީގަތަކަށް ވާނެކަމާ މެދު ވެސް ކަމާ މެދު އެއްވެސް ޝައްކެއް ނެތް." ގާސިމު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިއީ ދުނިޔޭގެ މާލީ ދާއިރާގެ ހަބަކަށް ރާއްޖެ ހެދުމަށްޓަކައި ވެސް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

"މީގެ ސަބަބުން ތަފާތު އީޖާދުތަކާއި އަދި ފުރުސަތުތައް ދިވެހި ވިޔަފާރިތަކަށާއި ޒުވާނުންނަށް ފަހިކޮށް ދިނުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނެންޝަލްސް ސެންޓަރުގެ މުހިންމުކަން ބޮޑު،" ގާސިމު ވިދާޅުވި އެވެ. "އަދި މިއީ ރާއްޖެއަށް މާލީ އަދި އިގުތިސާދީ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމެއް."

ގާސިމް ވަނީ މިކަމަށް ރާއްޖޭގެ ކަމާ ގުޅުން ހުރި ފަރާތްތަކަކުން އެއްބާރުލުން ވެސް ދިނުމަށް ގޮވާލައްވައިފަ އެެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކާއި ސިޔާސީ ލީޑަރުންގެ އެއްބާރުލުމަށް ގޮވާލެއްވި އެވެ.

އެމްއައިއެފްސީ ގާއިމުކުރަން ސޮއިކުރީ ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް ނާއިފް ބިން އަލް ޘާނީގެ ގްލޯބަލް އެމްބީއެސް އިންވެސްޓްމަންޓްސް ކުންފުންޏާ އެކު 8.8 ބިލިއަން ޑޮލަރަށެވެ.