Last Updated: May 8, 13:59
Thursday, May 8, 2025
ޚަބަރު

މަހާޒާއި އަޒްމިރަލްދާ ވަކިކުރާ މައްސަލަ ކޮމިޓީ އަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ސަސްޕެންޑްކޮށްފައިވާ ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ނިންމައި ޖުޑީޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހުގެ ތަޅުމަށް އިއްވާފައިވެ އެވެ. އެސިޓީގައި މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 4 ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގދ. ދާންދޫ އަސަރީގޭ ޑރ. އިސްމާޢީލް ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރި މައްސަލާގައި ފަނޑިޔާރު ޑރ. އަޒްމިލާދާ ޒާހިރާއި ފަނޑިޔާރު މަޙާޒް ޢަލީ ޒާހިރު ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ޤާޟީ ޞައްފަތު ހަބީބް މެދުވެރިކޮށް، ބަންދާމެދު ގޮތެއް ނިންމެވި ޤާޒީ އިބްރާހީމް ޛިހުނީއަށް ނުފޫޒް ފޯރުވާފައިވާ ކަމަށް ސާބިތުވާކަމަށެވެ.

ޑރ. ލަތީފަކީ އަޒްމިރަލްދާގެ ފިރިކަލުންނެވެ.

އެހެންވެ ގާޒީ އަށް ނުފޫޒު ފޮރުވަމް އަޒްމިރާލްދާ އާއި ހިންހެވި އެ އަމަލަކީ ޤާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފް އަމަލެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އެ ދެ ފަނޑިޔާރުންގެ ފަނޑިޔާރުކަމާ މެދު ގޮތެއް ނިންމެވުމަށް ޖޭއެސްސީން އެދިފައިވެ އެވެ.

އަޒްމިރަލްދާ މިހާރު ވަނީ މި މައްސަލައިގައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.

އަޒްމިރަލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސޫދާ ގުޅޭ މައްސަލަތަކެއް ބަލާތީ އެ ބޭފުޅުން ސަސްޕެންޑްކުރީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.