Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އައިޖީއެމްއެޗްގެ ޑޮކްޓަރުން ހުޅުމާލެ ހޮސްޕިޓަލަށް

އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލާއި ދެމެދު އެއްބާރުލުން ދިނުމުގެ ގޮތުން، އައިޖީއެމްއެޗްގެ އޮޕަރޭޝަނަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމުން ޓީމަކުން ހުޅުމާލޭ ހޮސްޕިޓަލުގައި އޮޕަރޭޝަންތަކެއް ކުރަން ނިންމައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ދެ ހޮސްޕިޓަލް ގުޅިގެން އެއްބާރުލުން ދިނުމުގެ ގޮތުން، އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އޮޕަރޭޝަން ޑޮކްޓަރުން ހަފްތާއަކު އެއްފަހަރު މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުން ހަފުތާއަކު އެއްފަހަރު މަސައްކަތް ކުރާނެއެވެ.

ދެ ހޮސްޕިޓަލުން އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް އޮތް ތަނުގައި އައިޖީއެމްއެޗްގެ އޮޕަރޭޝަން ޑޮކްޓަރުން ހުޅުމާލޭ ހޮސްޕިޓަލުގެ އޯޕީޑީގައި ވެސް މަސައްކަތް ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މިކަމަކީ ދެ ހޮސްޕިޓަލުގަ އިވެސް އޮަޕރޭޝަނަށް ޙާއްޞަ ފަރުވާއަށް ލިބިގެން ދާނެ ކުރިއެރުމެެއް ކަމަށް ބުންޏެވެ.