މަސްތުގެ ހާލަތުގައި ހުރެ ދުއްވި ލޯންޗެއް އެކްސިޑެންޓުވި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ކ. އަތޮޅު ވާދޫ ރިސޯޓާ ދިމާއިން ކަނޑުއޮޅީގެ ބޭރުން ލޯންޗަކާއި ފެރީ ދޯންޏެއް ޖެހި އެކްސިޑެންޓުވި މައްސަލައެއް ރިޕޯޓްކުރީ ރޭ އިރާކޮޅު ރޭ 7:26 އެހައިކަންހާއިރު ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، އެކްސިޑެންޓުވި ލޯންޗު ދުއްވީ މ. ކޮޅުފުށި، ޒަހީރާމަންޒިލް، ނާޝާދު ވަލީދު މުޙައްމަދު، 41، އެވެ. އެ ވަގުތު އޭނަ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުންޏެވެ. އެހެންވެ ނާޝާދު ހައްޔަރުކޮށް މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓްގައި އެއްވެސް މީހަކު ގެއްލުމެއް ނުވާ ކަމަށެވެ.