ފޮރިން ސެކްރެޓަރީގެ މަގާމުގައި ހުންނެވި ފާތިމަތު އިނާޔާ އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އައްޔަންކުރި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އައްޔަންކުރީ ޑިސެމްބަރު 12، 2023 ގަ އެވެ. އޭނަ އެ މަގާމަށް އޭނާ އައްޔަންކުރީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައެވެ.
ފޮރިން ސެކްރެޓަރީގެ މަގާމުން އިނާޔާ އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެ އެވެ. ނަމަވެސް އޭނަ އެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވާނެ އެވެ.
އެގޮތުން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމު ފުރައްވާނެ އެވެ.