Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޗައިނާ އިން ރާއްޖެ އަށް އާ ސަފީރެއް

ޗައިނާ އިން ދިވެހި ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮންގް ޝިއަންހުއާ, ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް މިއަދު އަރުވައިފި އެވެ.

ސަފީރު ކަމުގެ ފަތްކޮޅު އެރުވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ސަފީރުގެ ފަތްކޮޅު އެެެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ ސަފީރާ ބައްދަލު ކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވައިފަ އެވެ. އެގޮތުން ދެ ގައުމުން އިސްކަން ދޭ ކަންކަމާއި މަސްލަޙަތު ހިމެނޭ ކަންކަމުގައި ދެ ޤައުމުން ގުޅިގެން މަސައްކަތް ކުުރުމާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ޗައިނާ ސަފީރު ވަނީ ވިދާޅުވީ ރާއްޖެ އިން ބޭނުންވާ ކަންކަމުގައި ޗައިނާގެ މަދަދާއި އެހީތެރިކަމާއިދި ތާއީދު އަބަދު ވެސް އޮންނާނެކަމުގެ ޔަޤީންކަން ދެއްވައިފަ އެވެ.

ޗައިނާއާ ރާއްޖެ ސިޔާސީ ގުޅުން ގާއިމުކުރީ އޮކްޓޯބަރު 14, 1972 ގަ އެވެ.