ހއ. ބާރަށުގައި ސިހުރު ހާހޫރަ ހަދާ ކަމަށް ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކައި ގުޅިގެން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށު އަށް ތަނެއް ބަލައިފާސްކޮށް މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަަމަށްވެސް ފުލުހުން ބުނެ އެވެ.
މި މަައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.