Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

މަރަދޫން 175 ގޯއްޗަށް ހުޅުވާލައިފި

މަރަދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. ފޮޓޯ/ އަހުމަދު ފާރިސް

އައްޑޫ މަރަދޫން 176 ބަންޑާރަ ގޯއްޗަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އެ އަވަށުން ދޫކުރަން ނިންމާފައިވާ ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 24 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މަރަދޫން ހިއްކާފައިވާ ބިމުން ދިރިއުޅެން ދޫކުރަން ނިންމާފައި ވަނީ 1،500 އަކަފޫޓްގެ ގޯތިތަކެވެ.

ގޯތި ދޫކުރަން ނިންމާފައި ވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ އަވަށު މީހުންނަށް ދޫކުރާ ގޯއްޗާއި އެހެން އަވަށްތަކުގެ މީހުންނަށް ދޫކުރާ ގޯއްޗެވެ. އެހެން އަވަށްތަކުގެ މީހުންނަށް ހާއްސަކޮށްފައި ވަނީ 17 ގޯއްޗެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލް އިދާރާގެ ނަމްބަރު 6885003 އާއި މަރަދޫ އަަވަށު އޮފީހުގެ ނަމްބަރު 6890096 އިން ހޯދޭނެ އެވެ.

މަރަދޫފޭދޫން ވެސް މިއަދު ވަނީ 76 ގޯއްޗަށް ހުޅުވާލައިފަ އެވެ.

މަރަދު އާއި މަރަދޫފޭދޫން ގޯތި ދޫކުރަން ހުޅުވައިލި އިރު 2023 ގައި އައްޑޫގެ އިތުރު ހަތަރު އަވަށަކުން ވެސް 1،000 ގޯތި ދޫކޮށްފައިވެ އެވެ. އެއީ ހިތަދޫން 500، ފޭދޭން 300، ހުޅުދޫން 100 އަދި މީދޫން 100 ގޯއްޗެވެ. ހުޅުދު އާއި މީދޫން 2،000 އަކަފޫޓްގެ ގޯތި ދޫކުރި އިރު، ހިތަދު އާއި ފޭދޫން ދޫކުރީ 1،500 އަކަފޫޓްގެ ގޯއްޗެވެ.