ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓްގެ ވެރިޔާ، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް މަގާމުން ވަކިކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މަގާމުން ސާމިހު ވަކިކޮށް އޭނާ ވަނީ ތަހުގީގުތަކުގެ ފެންވަރު ބަލަން ކަނޑައަޅާފައި އޮންނަ ޑިޕާޓްމެންޓަކަށް ބަދަލުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ސާމިހު މަގާމުން ވަކިކޮށްފައިވާއިރު މިދިޔަ މަހު 18 ވަނަ ދުވަހު މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ އާއިލާއިން ވެސް ވަނީ އޭނާ މަގާމުން ވަކިކުރަން ގޮވާލާފަ އެވެ.
ޔުމްނު އްޓުނު މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި އޮއްވާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން އަލީ ޝުޖާއު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެ ހާދިސާ ތަހުގީގުކުރަން ސަރުކާރުން ރިޔާސީ ކޮމިޝަނެއް އުފައްދާފައިވާއިރު، މި މައްސަލައިގައި ކުށްވެރިވާ މީހުންނަށް ޖެހިލުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.