Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ކުޑަ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވަން

އުތުރުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ބަޔަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައަކީ ނޯތު ޕޮލިސް ރީޖަން (ނ، ރ، ބ، ޅ) ގައި ހިމެނޭ ރަށެއްގައި އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ކަމަށެވެ.

އެއީ ފިރިހެން ކުއްޖެއް ކަމެއް ނުވަތަ އަންހެން ކުއްޖެއް ކަމެއް ފުލުހުން ނުބުނެ އެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު އުމުރުން 17 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށާއި އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ގުޅުންހުރި އިދާރާތަކާއެކު އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.