Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ކުރިއަށް އޮތީ މޫސުން ގޯސް ތިން ދުވަސް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: ޕޮލިސް

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގު މޫސުން ފެށޭ ދުވަސްވަރު ކަމުން، ރާއްޖޭގެ ދެކުނުން އުފެދޭ ވިއްސާރަވިލާތައް ދެކުނު އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އަދި ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ބައެއް ހިސާބުތަކަށް އާންމުކޮށް ވައި ގަދަވުމާއެކު ކަނޑުތައް ގަދަވުމުގެ ފުރުސަތު އޮތްކަމަށާއި އެހެންކަމުން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކުރުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފަ އެވެ.