Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

މާލޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

މާލެ މަގުމަތިގައި ފުލުހުން ހަރަކާތްތެރިވަނީ / ފޮޓޯ: މިހާރު

މާލޭގައި މާރަމާރީއެއް ހިނގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ މިރޭ 8:35 ހާއިރު ސަބުދެލިމަގު ޗާންދަލިއާ ކައިރީގައި ހުރި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއްގެ ގަޔަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ޒަހަމްވެފައިވާ މީހާއަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުކުހުން ގެންދަނީ މި މައްސަލައާ ގުޅިގެން ބަލަންޖޭ ކަންކަން ބަލަމުންނެވެ.