Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ވަގަށް އެތެރެކުރި 221 ކާޓަން ސިނގިރޭޓް އަތުލައިގެންފި

ރާއްޖެއަށް ވަގަށް އެތެރެކުރި 221 ކާޓަން ސިނގިރޭޓް ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ރޭ މާލޭގެ ބޮޑުރަސްގެފާނު މަގުން ޕިކަޕެއް ފިލައިގެން ދިޔުމަށްފަހު، ތިން ކަޅު ދަބަސް ދޫކޮށްލާފައި ދިޔުމާ ގުޅިގެން ތަހުގީގެއް ފެށި ކަމަށެވެ.

އެގޮތުން ބެލިބެލުމުން، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކުކުރެވޭ 221 ކާޓަން ސިނގިރޭޓު އެ ދަބަސްތަކުން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.