ރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިންޑިއާ އިން ޕޯސްޓް ގްރެޖުއޭޓް ސްކޮލަޝިޕްތަކެއް ލިބިފައިވާތީ ކުރިމަތިލާން ހުޅުވާލައިފި އެވެ.
ބްރޯޑްކޮމް އިން ބުނީ ކޯހަށް ހުޅުވާފައި ވަނީ ސައުތު އޭޝިއަން ފައުންޑޭޝަނުން އިންޑިއާގެ ޗެއްނާއިގައި ހުންނަ އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމްގައި "ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ އިން އިންޓަގްރޭޓަޑް މަލްޓިމީޑިއާ ޖާނަލިޒަމް" ހެދުމުގެ ފުރުސަތު ކަމަށެވެ.
ދެ މީހަކަށް މި ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.
ބްރޯޑްކޮމް އިން ބުނީ ކޯހަށް ޝަރުތު ހަމަވާ ދެ ފަރާތެއް އެތަނުން ޝޯޓްލިސްޓްކޮށް އެ މައުލޫމާތު އޭޝިއަން ކޮލެޖް އޮފް ޖާނަލިޒަމާ ހިއްސާ ކުރުމުން އެ ފަރާތުން އިންޓަވިއުކޮށް އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ހޮވާނެ ކަމަށެވެ.
ސްކޮލަޝިްޕއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ.
އެޕްލައިކުރާ މީހުންނަކީ ބެޗިލާސް ޑިގްރީ ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާން ޖެހެ އެވެ. އަދި އިނގިރޭސި ބަހަށް ފަރިތަ މީހުންނަށް ވެސް ވާން ޖެހެ އެވެ.
މި ސްކޮލަޝިޕްގެ ދަށުން އިންޑިއާ އަށް ދިއުމުގެ ޓިކެޓާއި ކެއުމާއި ހުރުން އަދި ޕޮކެޓްމަނީ ވެސް ހަމަޖައްސައިދޭނެ އެވެ.