Last Updated: May 6, 13:52
Tuesday, May 6, 2025
ޚަބަރު

ޓޫރިސްޓުންގެ އަދަދު 800،000 އިިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަު 800،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 4 އާ ހަމައަށް 856998 ޓޫރިސްޓުން އައިސްފައިވެ އެވެ.

އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 96،610 އަށް އަރަ އެވެ. ދެވަނަގައި އޮތް ރަޝިއާ އިން 90،904 ޓޫރިސްޓުން އައިސްފައިވާ އިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 89،315 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން 10 ގައުމަށް ބަލާ އިރު، ލިސްޓްގައި ހިމެނޭ ގައުމުތަކަކީ އިޓަލީ (77،777 ޓޫރިސްޓުން)، ޖަރުމަން (65،915 ޓޫރިސްޓުން)، އިންޑިއާ (44،368 ޓޫރިސްޓުން)، ފްރާންސް (32،268 ޓޫރިސްޓުން)، އެމެރިކާ (27،106 ޓޫރިސްޓުން)، ސްވިޓްޒަލޭންޑް (20،740 ޓޫރިސްޓުން) އަދި ޕޮލެންޑް (15،502 ޓޫރިސްޓުން) އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 ޓޫރިސްޓުންނެވެ.

މިދިޔަ އަހަރު ރާއްޖެ އަށް ދެ މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، އެންމެ ގިނަ ޓޫރިސްޓުން އައީ ޗައިނާއިންނެވެ.