Last Updated: June 11, 11:39
Thursday, June 11, 2026
މުނިފޫހިފިލުވުން

ކްލައިމެޓް ޗޭންޖަށް ހާއްސަ ފިލްމެއްގައި ޓައިގާ

ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކަށް ހޭލުންތެރިކަން އުފައްދަން ބޮލީވުޑްގެ ތަރި ޓައިގާ ޝްރޮފް ހިމަނައިގެން ހަދާފައިވާ ކުރު ފިލްމެއްގެ ޓީޒާ ދައްކާލައިފި އެވެ.

"ޖަހާ: ދަ ލާސްޓް ގިފްޓް" ވަނީ މިދިޔަ ހަފުތާގައި ބޭއްވި އިންޑިއާގެ "ވޭވްސް ސަމިޓް" ގެ ތެރޭގައި ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ރެމޯ ޑި ސޫޒާ ވެސް ހިއްސާވެގެން ހަދާފައިވާ އެއްޗެކެވެ. "ޖަހާ" ގެ ޑައިރެކްޓަރަކީ ރާހުލް ޝެޓީ އެވެ.