ރާއްޖެ އާއި ބްރޫނާއީއާ ދެމެދު ސިއްހީ ދާއިރާގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝަވަރާކޮށްފި އެވެ.
މި މަޝަވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ބުރޫނާއީގެ ޞިއްހީ ދާއިރާގެ ޓޭކްނިކަލް އިބޭފުޅުންތަކަކާ އެކު ކުރެވުނު މަޝްވަރާއަކަށް ފަހުގަ އެވެ.
އެ ޓީމުގައި ބްރޫނާއީގެ ޕްރައިމަރީ ހެލްތުކެއާގެ ޗީފް ކްލިނިކަލް ސްޕެޝަލިޓީ ސާވިސްގެ މަންދޫބުން ހިމެނެ އެވެ.
ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި:
* ޕްރައިމަރީ ހެލްތުކެއާ ގެ ޚިދުމަތް ހަރުދަނާ ކުރުން، ޚާއްޞަކޮށް އާބަން ޕްރައިމަރީ ހެލްތުކެއާ
* ހަކުރުބަލި މެނޭޖްކުރުމާއި ނަފްސާނީ ކަންކަމަށް ޚާއްޞަކޮށް ނަރުހުން ތަމްރީން ކުރުން
* ކެންސަރަށް ފަރުވާ ދިނުމުގެ ހިދުމަތްތައް ތަރައްގީ ކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުން
* މެޑިސިން ކިޔަވާ ދިވެހި ދަރިވަރުންނަށް ބްރޫނާއީގައި އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހޯދުން
* ޕަބްލިކް ހެލްތާއި ގުޅުންހުރި މޯބައިލް އެޕްލިކޭޝަން ތައްޔާރު ކުރުމަށް، އެކަމުގެ ޢިލްމާއި ތަޖުރިބާ ހއިްސާކުރުން
* ޓޮބޭކޯ ސެޒޭޝަން ކްލިނިކް ހިންގުމުގެ ސްޓްރެޓެޖީތަކާއި އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުން
ބުރޫނާއީގެ ޓީމުން ވަނީ މާލޭގައި ޞިއްޙީ ޚިދުމަތްދޭ މުހިންމު ތަންތަނަށް ވެސް ޒިޔާރަތްކޮށްފަ އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗާއި ދަމަނަވެށި ހިމެނެ އެވެ.