Last Updated: May 6, 13:52
Tuesday, May 6, 2025
ޚަބަރު

ރާއްޖޭގެ ޓޫރިޒަމް ވަރަށް ދަށްވެއްޖެ: މަލީހު

މިއިން ޒަމާނަކު ވެސް ރާއްޖޭގެ ޓޫރިޒަމް ދަށަށް ނުދާ ވަރަށް ދަށަށް ގޮސްވެފައިވާ ކަމަށް ޕީއެންއެފްގެ ސެނެޓް މެންބަރު މުހައްމަދު މަލީނު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އެހާ ބޮޑަށް ދިޔަ މައިގަނޑު ސަބަބުތަކަކީ ޑިޕާޗާ ޓެކްސް ބޮޑުކުރުމާއި ޑޮލަރު މާރުކުުރަން މަޖުބޫރު ކުރުމާއި ގްރީން ޓެކްސް ޑަބަލްކުރުން ކަމަށެވެ.

"މީގެ ސަބަބުން ރާއްޖެ ހަނީމޫން ސުވަރުގެ ގޮތުގައި ދަމަހައްޓަމުން އައި މަގާމު ވެސް ގެއްލިދާނެ." މަލީހު ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނަ އިރު، މި އަހަރުގެ މިހާތަނަށް 800،000 އަށް ވުރެ ގިނަ ޓޫރިސްޓިުން އައިސްފައިވެ އެވެ.

ޓޫރިޒަމް ޕްރޮމޯޓްކުރަން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރާއްޖެ އިން އެންމެ ފަހުން ބައިވެރިވި ފެއާ އަކީ މި ހަފުތާގެ ކުރީކޮޅު ދުބާއީގައި ނިންމާލި އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް) އެވެ. ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން ބުނީ އެ ފެއާ ވަރަށް ކާމިޔާބު ކަމަށާއި މީގެ ސަބަބުން މެދުއިރުމަތިން މި އަހަރު ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވާނެ ކަމަށެވެ.

ރާއްޖެ އަށް މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، މިދިޔަ އަހަރު ދެ މިލިއަން ޓޫރިސްޓުން އަ އެވެ.