Last Updated: May 6, 13:52
Tuesday, May 6, 2025
މުނިފޫހިފިލުވުން

ރިއާނާ އަށް 3 ވަނަ ދަރިޔަކު ލިބެނީ

ބާބެޑޯސް އަށް އުފަން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ތިން ވަނަ ދަރިއަކަށް ބަލިވެއިންކަން ކަށަވަރުވެއްޖެ އެވެ.

ގިނަ ބައެއްގެ ސަމާލުކަމަށް އެކަން އައީ އެމެރިކާގައި ނިއު ޔޯކްގައި އިއްޔެ ފެށި "މެޓް ގާލާ" ގަ އެވެ. އޭގައި ރިއާނާ ފެނިގެން ދިޔައީ ބަލިވެއިންކަން ވަރަށް ބޮޑަށް ހާމަވާ ގޮތަށް ފަރުމާކޮށްފައިވާ ހެދުމަކާ އެކީގަ އެވެ.

ރިއާނާ ބަލިވެއިންކަން އެނގުމާ އެކު ވަރަށް ގިނަ ބަޔަކު އިވެންޓްގެ ތެރޭގައި ވެސް މަރުހަބާ ކިޔާފައިވާ އިރު، އޭނަ އާއި ބައިވެރިޔާ އޭސަޕް ރޮކީ މަރުހަބާ ކީ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

ރިއާނާ އާއި އޭސަޕަށް ފުރަތަމަ ދަރިފުޅު ލިބުނީ 2022 ގަ އެވެ. އަދި ދެވަނަ ދަރިފުޅުން އުފަންވީ 2023 ގަ އެވެ. އެއީ ދެ ފިރިހެން ކުދިންނެވެ.

ރިއާނާ، 37، އަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެންް ފަންނާނުންގެ ތެރެއިން އެކެކެވެ. އޭނަ އަކީ ލަވަކިޔުންތެރިއެއްގެ އިތުރުން ބަތަލާއެއް އަދި ވިޔަފާވެރިއެކެވެ. ރިއާނާގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ.