ހުޅުމާލެ އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ ސްކޫލަކަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހުށަހެޅުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު 08:30 އެހައިކަންހާއިރެވެ.
ފުލުހުން ބުނީ "ހިޔާޓަވަރު 8" އިން ސްކޫލަށް ދިޔަ ކުއްޖާ ސްކޫލަށް ނުވަންނަކަން މިހާތަނަށް ފުލުހުންނަށް ކަށަވަރު ކުރެވިފައިިވާ ކަމަށެވެ.
އެހެންވެ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލް ގުޅިގެން ކުރަމުން އަންނަ ކަމަށް ފުލުބުން ބުންޏެވެ.
ގެއްލޭ މީހުން ހޯދަން ފުލުހުން އިއުލާންކުރާ އިރު، އާންމުކޮށް ފޮޓޯ ހާމަކުރި ނަމަވެސް މިއަދު ގެއްލުނު ކުއްޖާގެ ފޮޓޯއެއް އާންމުކޮށްފައެއް ނުވެ އެވެ.