Last Updated: June 8, 12:02
Monday, June 8, 2026
ޚަބަރު

އެތެރެކުރި ދޫނީގެ އަދަދު 2،000 އަށް ވުރެ ގިނަ

މި އަހަރުގެ ތެރޭގައި 2،000 އަށް ވުރެ ގިނަ ދޫނި ރާއްޖެ އަށް އެތެރެކޮށްފި އެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނީ ޖެނުއަރީން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ދޫނީގެ 13 ޝިޕްމެންޓް އެތެރެކޮށްފައިވާ ކަމަށެވެ. އަދި އެތެރެ ކިރި ދޫނީގެ ޖުމްލަ އަކީ 2،105 އެވެ.

މިނިސްޓްރީން ބުނީ އެ ތަކެތީގެ ތެރެއިން ޤަވައިދާއި ޚިލާފަށް އެއް ޝިޕްމަންޓް އެތެރެކުރި ކަމަށާއި އެ ޝިޕްމަންޓްގައި ފަސް ދޫނި ކަމަށެވެ.

ރާއްޖޭގައި ތަފާތު ބާވަތްތަކުގެ ދޫނީގެ ވިޔަފާރި މިހާރު ފުޅާދާއިރާއެއްގައި ކުރެ އެއެވެ. އެގޮތުން ގިނަ ބަޔަކު ޕެޓްގެ ގޮތުގައި ތަފާތު ބާވަތްތަކުގެ ދޫނި ގެންގުޅެ އެވެ.