Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މި އަހަރު އިތުރު 10 ސީ އެމްބިއުލާންސް ހޯދަނީ

ސީ އެމްބިއުލާންސްގެ ހިދުމަތަށް މި އަހަރު އިތުރު 10 ލޯންޗް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނަ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އަވަސްކަމާއެކު ސީއެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށް ނުދެވޭ ކަމަށާއ އެކަމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

"މައިގަނޑު ސަބަބަކީ އެ އުޅަނދުތައްވެސް ހުރީ ބާވެފައި. އަދި އުޅަނދުތައް މިހާރު ބޭނުންވާ ވަރަށް ވުރެ މަދު." ޣައްސާން ވިދާޅުވި އެވެ.

ސީއެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށް ދިނުމުގައި މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން އާސަންދައިން އެޕްރޫވް ލިބުމާއެކު އެމްއެންޑީއެފްގެ ފަރާތުން ސީއެމްބިއުލާންސްގެ ހިދުމަތް ދޭން ފައްޓާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.