އައްޑޫ ހަންކެޑެ ބްރިޖްގައި މިއަދު އެެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ، ބްރިޖްގެ އަރިމަތީގައި ހުރި ދަގަނޑުތަކެއްގައި ޖެހި އެވެ. މި ހާދިސާގައި ސައިކަލްގައި އިން މީހާ ބޮޑެތި ގެއްލުންތަކެއްވެފައިވެ އެވެ.
އޭނަ ހޮސްޕިޓަލަށް ގެންގޮސް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ހަންކެޑެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވި ޒުވާނަކު އެކްސިޑެންޓްވެ، މަރުވެފައިވެ އެވެ. މިއީ ހަންކެޑެ އާ ބްރިޖް ފެބްރުއަރީ 1 ގައި ހުޅުވި ފަހުން ހިނގި އެފަދަ ފުރަތަމަ ހާދިސާ އެވެ.