Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ގެއްލުނު ކުއްޖާ ފެނިއްޖެ

ހުޅުމާލެ އިން މިއަދު ގެއްލިގެން ހޯދި ކުއްޖާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ 15 އަހަރުގެ އަންހެން ކުއްޖާ މެންދުރު 12:18 އެހާކަންހާއިރު ހުޅުމާލެ ފޭސް 1 އިން ފެނިފައިވާ ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ހުޅުމާލެ ފޭސް ދޭއްގެ ސްކޫލަކަށް ދާން ނުކުތް ކުއްޖާ ގެެއްލިގެން ރިޕޯޓްކުރީ ހެނދުނު 08:30 އެހައިކަންހާއިރު އެވެ.
ފުލުހުން ބުނީ އެ ކުއްޖާ އަކީ "ހިޔާޓަވަރު 8" ގައި ދިރިއުޅޭ ކުއްޖެއް ކަމަށެވެ.