Last Updated: May 6, 17:43
Tuesday, May 6, 2025
ޚަބަރު

އައްޑޫން މިއަދު ކަރަންޓް ކަނޑަނީ

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިއަދު ކަރަންޓް ކަނޑަން ނިންމައިފި އެވެ.

ފެނަކަ ހިތަދޫ ބްރާންޗުން ނެރުނު ނޯޓިހެއްގައި ބުނީ ގުޅިފައިވާ އަވަށްތަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގޭގެ ބޭރުން އަޅާފައި ހުރި އެޗްވީ ކޭބަލްތަކަކަށް ދިމާވި މައްސަލަތަކަކާ ގުޅިގެން އެކަން ހައްލު ކުރަން މެންދުރު ފަހު 2:30 އިން ފެށިގެން ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކަނޑާނެ ކަމަށެވެ.

ހިތަދޫ ބްރާންޗުން ބުނީ ކޭބަލްތަކަކަށް ދިމާވި މައްސަލަ އަކީ ކަރަންޓް ނުކަނޑައި ހައްލު ނުކުރެވޭ ވަރުގެ ކަމެއް ކަމަށެވެ. އެހެންވެ ކަރަންޓް ކެނޑި ނަމަވެސް މައްސަލަ ހައްލު ކުރެވެމުން އަންނަ ވަރަކުން އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުން ދާނެ ކަމަށް ބުންޏެވެ.

"ދިމާވެދާނެ އެންމެހާ ދަތިތަކަށް މައާފަށް ވެސް އެދެން." ހިތަދޫ ބްރާންޗުން ބުންޏެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން އިއްޔެ ހެނދުނު ވެސް ދެ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑިފައިވެ އެވެ. އަދި މިކަމަކީ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުން އުފުލަން ޖެހިފައި އޮތް ބޮޑު ތަކުލީފެކެވެ.