ފުވައްމުލަކު 'ޔޫރޯ ސްޓޯރު' ފަޅާލައިގެން މަލްބަރޯ ބްރޭންޑުގެ ތިން ކޭސް ސިނގިރޭޓު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ފިހާރައިގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އިއްޔެ ރޭ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ރިޕޯޓުކުރީ މިއަދު ކަމަށެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ފުވައްމުލަކު ޔޫރޯ ސްޓޯރުގެ ގުދަނަކުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް 130 ކާޓަން ސިނގިރޭޓު ވަގަށް ނެގި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.