ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ މި އަހަރުގެ އެހެން މަސްތަކާ އަޅައިބަލާއިރު މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި މި އަހަރު މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ރ. އަތޮޅު އަދި އއ. އަތޮޅުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު:
ޖެނުއަރީ – 75 ކޭސް
ފެބްރުއަރީ – 80 ކޭސް
މާޗް – 73 ކޭސް
އޭޕްރީލް – 124 ކޭސް
ޑެންގީން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.
ޑެންގީ ހުމަކީ މަދިރީގެ ޒަރީރާ އިން ޖެހޭ ބައްޔަކަށްވާތީ މަދިރި އާލާފާ ވަދަ ގޮތްގޮތަށް އަމަލު ނުކުރަން ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެ އެވެ. އެގޮތުން ފެން އެޅޭ ގޮތަށް ފުޅި ފަދަ ތަކެއް އުކައިނުލުމަށާއި މަދިރިން ރައްކާތެރިވުމުގެ ގޮތިން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމުގެ އިތުރަށް މޮސްކިޓޯ ރެފެލެންޓް ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.