އިންޑިއާގެ އަސްކަރީ މަނަވަރު، 'އައިއޯއެސް ސާގަރު' ރާއްޖެ އަތުވެއްޖެ އެވެ.
މި މަނަވަރު ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ނޭވީއިން އިސްނަގައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގެ ހުރިހާ ގައުމަކަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުންނެވެ.
ރާއްޖެއަށް އެ މަނަވަރު އައުމާ ގުޅިގެން ދިވެހި ކޯސްޓްގާޑްގެ ފަރާތުން ވަނީ އިންޑިއާގެ ނޭވީއަށް ހަނދާނީ ފިލައެއް އަރުވައިފަ އެވެ
މި މަނަވަރުގައި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ނުވަ ގައުމެއްގެ ފަޅުވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި، އިންޑިއާ ހިމެނޭހެން، ރާއްޖެ، ސްރީ ލަންކާ، މޮރިޝަސް، މޮޒަމްބިކް، ސީޝެލްސް، ކޮމޮރޮސްއާއި ކެންޔާގެ އިތުރުން ޓެންޒޭނިއާ ހިމެނެ އެވެ.
މި ބައިވެރިންނާއެކު، މި މަނަވަރުގައި ޓްރެއިނިންތަކާއި، އީއީޒެޑް ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނެ އެެވެ.